ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
މީދޫ ފުޓްސަލް ފޯރި 2020: ޒުވާނުންގެ ފަރާތުން ޒުވާނުންނަށް ފުޓްސަލް މުބާރާތެއް!

’މީދޫ ފުޓްސަލް ފޯރި 2020‘ ގެ ނަމުގައި ފިރިހެނުންނަށާއި އަންހެނުންނަށް ވަކިން ފުޓުސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ޒުވާނުންގެ ޓީމަކުން އިސްނަގައިގެން ބާއްވާ މި ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި މުބާރާތަކީ މީދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަސަން ޝަރީފް މީދޫ ޓައިމްސްއަށް މަޢުލޫމާތުދެމުން ބުނީ، މި މުބާރާތަކީ މިއަހަރު އަދި މީދޫގައި ފުޓްސަލް މުބާރާތެއް ކުރިއަށް ގެންގޮސްފައިނުވާތީ ވާދަވެރި މާހައުލެއްގައި ރަށުގެ ޒުވާނުންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތެއްކަމަށެވެ. މީގެ އިތުރުން ކުޅުންތެރިންގެ ހުނަރު އިތުރަށް ކުރިއަރުވާ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މުބާރާތުގެ މަޤުސަދެއްކަމަށް ހަސަން މަޢުލޫމާތުދެއެވެ.

ރ. މީދޫއަކީ ފުޓްސަލް ފޯރިގަދަ ރަށެއްކަން ފާހަގަކޮށްލެވެއެވެ.