Follow us on
ކިޑްނީގެ ބައްޔަށް ފަރުވާ ކުރުމަށް ލޯބިލޯބި ޔޫމީއަށް އެހީތެރިވެދެއްވާ!
| އިބްރާހިމް ރަފްހާން

ރ. މީދޫ ޕެންޓްގްރީން، އައިޝަތް ޔޫމީ ބިންތް ޝަރީފްއަކީ ހަމަ އެންމެ 9 މަހުގެ ތުއްތުތުއްތު ކުއްޖެކެވެ.

ދުނިޔެއަށް އުފަންވީ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެތައް ވޭނެއް ތަޙައްމަލް ކުރަމުން އަންނަ ޔޫމީގެ ބޭސްފަރުވާއަށް އެ ޢާއިލާއަށްވަނީ އާއްމުންގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. މީގެ ކުރިންވެސް އާއްމުންގެ އެހީތެރިކަމާއެކު ޔޫމީއަށް ފަރުވާ ކުރުމަށް ޔޫމީގެ އާއިލާއިން އެތައް މަސައްކަތްތަކެއް ކުރިއެވެ. މާލޭގެ ބޮޑެތި ހުރިހާ ހޮސްޕިޓަލްތަކަކަށްވެސް ދެއްކިއެވެ. އޭރު މައްސަލައަކަށް ދިމާވެފައިވީ ޔޫމީގެ ބަރުދަނެވެ. ނަމަވެސް ބަރުދަން ބޭނުންވާވާރަށް ހަމަވިއިރު ކޯވިޑް 19 ގެ ހާލަތާއި ދިމާވެ މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ޔޫމީގެ ބޭސްފަރުވާ އޭރު ވަރަށް ބޮޑަށް މަޑުޖެހިގެން ދިޔައެވެ.

އޭގެ ފަހުން ޔޫމީގެ ކިބައިން އެކިއެކި ކަންތައް ފެންނަމުންދާތީ މާލެ ދިއުމުގެ ބަދަލުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުންވެސް އިރުޝާދުދިނީ އަވަހަށް މާލެދިއުމަށެވެ. އެހެންނަމަވެސް އާއިލާއިން އޮންލައިންކޮށް މާލޭގައި ހުރި ޑޮކްޓަރަކަށް ދެއްކުމުން ބުނެފައިވަނީ މާލެއައިސް ސީޓީ ސްކޭން ހެދުމަށްކަމަށްވުމުން އާއިލާއިން މިހާރުވަނީ މާލެ ގޮސް ސްކޭން ހަދާފައެވެ.

ސީޓީ ސްކޭންއިން ފާހަގަވި ކަންތައްތަކީ 2 ހޮޅި ޔަޤީނަށްވެސް އިންކަމާއި އަދި އެތަނުން 1 ހޮޅި ކައިރީގައި ސިސްޓެއް ހެދިފައިވާކަމަށެވެ. އަދި ސިސްޓްގެ މައްޗަށް ޔޫރީން އެޅޭތީ އިންފެކްޝަން ހެދިފައިވާކަމަށާއި ސިސްޓް ދުޅަވެއްޖެނަމަ ހާލަތުވަރަށް ގޯސްވާނެކަމަށްވެސް ޔޫމީ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވެއެވެ. އަދި ވީ އެންމެ އަވަހަށް ރާއްޖެއިން ބޭރަށް ގޮސް އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުވަނީ އަންގާފައެވެ.

އެހެންނަމަވެސް ޔޫމީގެ ބޭސްފަރުވާއަށް ބޭރަށް ދެވެން އޮތީ ޢާއިލާއަށް މާލީ އެހީތެރިކަން ލިބިގެންނެވެ. ޔޫމީގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވަނީ ތި އެންމެ ބޭފުޅުންގެ އެހީތެރިކަމެވެ.

ރުފިޔާ އެކައުންޓް: 7701484116101
ޑޮލަރު އެކައުންޓް: 7730000307069

އާއިލާއަށް ގުޅޭނެ ނަމްބަރު:
ޔޫމީގެ ބައްޕަ، އަޙްމަދު ޝަރީފް: 7399005
ޔޫމީގެ މަންމަ، މައުޝާ: 7620213

ޚިޔާލު ފާޅުކުރައްވާ