Follow us on
ގަސްއިންދުމާއި ގުޅޭ ކުރު ކޯހެއް މީދޫ ކައުންސިލުން ކުރިއަށް ގެންގޮސްފި
| އިބްރާހިމް ރަފްހާން

ގޭތެރޭގައި ގަސް އިންހެއްދުމާއި ގުޅޭ ކުރު ކޯހެއް މީދޫ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.

ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ 8 ގަޑިއިރުގެ މި ކޯހުގައި 16 ބައިވެރިއަކު ބައިވެރިވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ. މި ކޯހުގައ ކިޔަވައިދެއްވާފައިވަނީ ދަނޑޫވެރިކަމާއި ގުޅޭ ތަމްރީނެއް ފުރިހަމަކުރައްވާފައިވާ ބޭފުޅެއްކަމަށްވާ މުޙައްމަދު ވަސީމްއެވެ.

މި ކޯހުގެ ތެރެއިން ގަސް ހެއްދުމާއި ގުޅޭ އެކި އުކުޅުތައް ކޯހުގެ ބައިވެރިންނަށް ކިޔައިދީފައިވާއިރު މި ކުރު ކޯހަކީ ގޭތެރޭގައި ގަސް ހައްދާ ފަރާތްތަކަށް މުހިއްމު ކޯހެއްކަން ފާހަގަކޮށްލެވެއެވެ. މި ދުވަސްވަރަކީ ގިނަ ފަރާތްތަކަކުން ގޭގައި އެކު ބާވަތްތަކުގެ ގަސް ހައްދަމުން ގެންދާ ދުވަސްވަރެކެވެ.

ޚިޔާލު ފާޅުކުރައްވާ