Girl in a jacket
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން
25 ޖެނުއަރީ 2021, ހޯމަ
Girl in a jacket

ފަހުގެ ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

24 ޖެނުއަރީ 2021
ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެ

ސްކޫލް ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ރ. މީދޫގެ ބައެއް މަގުތައް ބަންދުކުރަނީ

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ޚަބަރު

ޑރ. އަފްރާޝީމް ޢަލީގެ ވަކިވެދިއުމަށް 8 އަހަރު، އެއީ ރ. އަތޮޅުގެ ފަޚުރުވެރި ދަރިއެއް!

އިބްރާހިމް ރަފްހާންއިބްރާހިމް ރަފްހާން
ޑރ. އަފްރާޝީމް ޢަލީގެ ވަކިވެދިއުމަށް 8 އަހަރު، އެއީ ރ. އަތޮޅުގެ ފަޚުރުވެރި ދަރިއެއް!

ރ. އުނގޫފާރަށް އުފަންވެވަޑައިގެންނެވި ޑރ. އަފްރާޝީމް ޢަލީއަށް ބަޔަކު ތޫނު އެއްޗެހިން ހަމަލާދީ އަވަހާރަކޮށްލިތާ މިއަދަށް މިވަނީ 8 އަހަރު ދުވަސްވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި ޑރ. އަފްރާޝީމް ޢަލީއަށް ހަމަލާދީފައިވަނީ ޓީވީއެމްގެ ދީނީ ޕްރޮގުރާމެއް ނިންމަވާލެއްވުމަށްފަހު އެނބުރި ގެއަށް ވަޑައިގެން ވަގުތު ދިރިއުޅުއްވާ ގޭގެ ދޮރުމަތިންނެވެ. އެމަނިކުފާނު އަވަހާރަވި ހަބަރު ރާއްޖޭގެ ހުރިހާ ރައްޔިތުން، ހާއްސަކޮށް ރ. އަތޮޅުގެ ރައްޔިތުން އެހީ ފުންހިތާމައާއި ކުއްލި ސިހުމާއެކުގައެވެ. ޑރ. އަފްރާޝީމް ޢަލީއަކީ މުޅި ރ. އަތޮޅުގެ ފަޚުރުވެރި ދަރިއެކެވެ. އަތޮޅަށާއި ޤައުމަށް އެތަށް ގޮތަކުން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ދީނީ ޢިލްމު ފޯރުކޮށްދެއްވުމުގައިވެސް އެމަނިކުފާނު ނުހަނު ގިނަ މަސައްކަތްތަކެއްކޮށްދެއްވާފައިވެއެވެ.

 ޑރ އަފްރާޝީމް ޢަލީ އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ އަފްރާޝީމް ޢަލީ ޕީއެޗްޑީ ހެއްދެވީ އިސްލާމީ ޝަރީޢާ ގެ ދާއިރާ އިންނެވެ. ޑރ އަފްރާޝީމް ޢަލީ އަކީ ކުރީގެ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އިން ކިޔަވާ ވިދާޅުވުމަށްފަހު، ގަތަރު އަދި މެލޭޝިޔާ އިން ތަޢުލީމް ޙާޞިލް ކުރެއްވި ބޭފުޅެކެވެ.

ޑރ އަފްރާޝީމް ޢަލީ އަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވެ، ބަންގި ގޮވާ ހެއްދެވި ބޭފުޅެކެވެ. ކުރިން އިސްލާމީ މަރުކަޒުގައި އިސްވެ އިމާމެއްގެ ގޮތުގައި ނަމާދު ކުރައްވައި ބަންގި ގޮވައި ހެއްދެވިއެވެ. މަޢުހަދުގައި އުޅުއްވިއިރު ރާއްޖޭގެ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވެ، ތަފާތު ރަންވަނަތައް ޙާޞިލްކޮށްފައި ވެއެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ ހ. ލޮބީ ހުސެއިން ހުމާމަށް މަރުގެ ހުކުމްވެސް އިއްވާފައިވީނަމަވެސް މި މަރުގެ ހަޤީޤީ އިންސާފު އަދި ލިބިފައެއްނުވެއެވެ. މަރުގެ އަޑީގައި ތިބި މީހުން ހޯދާ އެމީހުންވެސް އިންސާފުގެ ކުރިމައްޗަށް ގެނެވިފައިނުވާކަމީ މުޅި ރ. އަތޮޅުގެ ރައްޔިތުން އެކަމާއި ހިތާމަކުރާކަމެކެވެ.

މާތް ﷲ ޑރ. އަފްރާޝީލް ޢަލީގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން

ގުޅުންހުރި ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ގުޅުންހުރި ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ
ޚަބަރު

އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ
ޚަބަރު

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!
ޚަބަރު

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!
ޚަބަރު

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

Copyright 2020 – Meedhootimes.com | All Rights Reserved
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން