Follow us on
މީދޫ އެކުވެރި ކުލަބުގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޅ. ކުރެންދޫ އާއި ދެމެދު ކުޅުނު ފުޓުބޯޅަ މެޗު ކާމިޔާބުކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫ އެކުވެރި ކުލަބަށް 41 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޅ. ކުރެންދޫ ފުޓުބޯޅަ ޓީމާއި ދެމެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފިއެވެ.

މިއަދު ހަވީރު ކުރެންދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު 3-4 އިން ކާމިޔާބުކުރީ އެކުވެރި ކުލަބުގެ ފުޓުބޯޅަ ޓީމުންނެވެ. މި މެޗުގައި އެކުވެރި ކުލަބުގެެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު އާސިފް އަދި ރަޝާދު އަބްދުލް މަތީންއެވެ.

އެކުވެރި ކުލަބުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭގައިވެސް ވަނީ ހާއްސަ ފުޓުސަލް މެޗުތަކެއް ކުޅެފައެވެ. އެގޮތުން އެކުވެރި ކުލަބުގެ ކުރީގެ ކުޅުންތެރިންގެ މެޗަކާއި އަންހެނުންގެ މެޗެއް އަދި ޒުވާނުންގެ މެޗެއް ކުޅެފައިވެއެވެ.

ރ. މީދޫއަށް އިޖުތިމާޢީ ގިނަ ހިދުމަތްތަކެއްކޮށްދީފައިވާ އެކުވެރި ކުލަބަށް 41 އަހަރު ފުރިފައިވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ