ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
”ފަނާރު“ ގެ ނަމުގައި ރ. ޓީއާރުސީ އާއި ރ. އަތޮޅުގެ ސްކޫލްތައް ގުޅިގެން ހާއްސަ ޕްރޮގްރާމެއް!

ރ. އަތޮޅު ޓީޗާރސް ރިސޯސަސް ސެންޓަރާއި ރ. އަތޮޅުގެ ސްކޫލްތައް ގުޅިގެން ’ފަނާރު‘ ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.

މި ޕްރޮގުރާމަކީ ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އަޒުމުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮގުރާމެކެވެ. ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގުރާމުގެ ފުރަތަމަ އެޕިސޯޑު މި މަހުގެ 24 ވަނަ ދުވަހު ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މި އެޕިސޯޑު ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ފަރާތުންނެވެ.

މި ޕްރޮގުރާމުގައި ދުވާފަރު ޕްރައިމަރީ ސްކޫލުން އަލިއަޅުވާލަން ހަމަޖައްސާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ދަރިފުޅު ނަމާދުކޮށް ޤުރުއާން ކިޔަވާ ކުއްޖަކަށް ހަދާނެ ގޮތްތަކާއި ދަރިފުޅަށް ނަމޫނާ ދެއްކުމަށް ކުރެވިދާނެ އެކި ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލުމަށް ވާނެކަމަށް މަޢުލޫމާތުލިބެއެވެ.

ރ. އަތޮޅު ޓީޗާރސް ރިސޯސަސް ސެންޓަރުން އަންނަނީ މުދައްރިސުންނާއި ބެލެނިވެރިންނަށް ހާއްސަ އެކި ޕްރޮގުރާމުތައް އިންތިޒާމްކުރަމުންނެވެ.