Girl in a jacket
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން
28 ފެބްރުއަރީ 2021, އާދިއްތަ
Girl in a jacket

ފަހުގެ ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

24 ޖެނުއަރީ 2021
ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެ

ސްކޫލް ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ރ. މީދޫގެ ބައެއް މަގުތައް ބަންދުކުރަނީ

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ދީން

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 1

އިބްރާހިމް ރަފްހާންއިބްރާހިމް ރަފްހާން
ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 1

ލިޔުނީ: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ/ ދިސަލަފިއްޔާ

ކީރިތި ޤުރުއާން ހިތު ދަސްކުރުމަކީ ހެޔޮކަމަށް ދަހިވެތިވާ މީހުން އެކަމަށްޓަކައި ވާދަވެރިވާނޭ ކަމެކެވެ. އެހެނީ އެއީ މަތިވެރިވެގެންވާ ކަންޒެކެވެ. އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. ޤިޔާމަތްދުވަހު އޭގެ އަހުލުވެރިންނަށްޓަކައި ޝަފާޢާތްތެރިވާނެއެވެ.

މިކަމުގެ މާތްކަން ޙާޞިލުކުރުމަށްޓަކައި ވަރަށް ގިނަ ގޮތްގޮތަށް ކީރިތި ޤުރުއާން ހިތުދަސްކުރެވިދާނެވެ. ތިބާއަށް މިކިޔައިދެނީ މިކަން ކުރެވިދާނެ ވަރަށް ފަސޭހަ ގޮތެކެވެ. މިގޮތަށް ދަސްކުރުމުން އަވަހަށް ދަސްވާނެއެވެ. އަދި ހިތުގައި ބިންވަޅު ނެގޭލެއް ބޮޑުވާނެއެވެ.

ތިރީގައި އެވަނީ މިގޮތް ޝަރަޙަކޮށްދީފައެވެ. މިސާލެއްގެ ގޮތުން ގެނެސްދީފައިވާނީ ޖުމުޢަ ސޫރަތުން ޞަފްޙާއެކެވެ.

  1. ފުރަތަމަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.

يُسَبِّحُ لِلَّـهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ ﴿١﴾

  1. ދެވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.

هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ ﴿٢﴾

  1. ތިންވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.

وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ۚ وَهُوَ الْعَزِيزُ الْحَكِيمُ ﴿٣﴾

  1. ހަތަރުވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.

ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّـهُ ذُو الْفَضْلِ الْعَظِيمِ ﴿٤﴾

  1. އިސްވެ ދިޔަ ހަތަރު އާޔަތް ވިހިފަހަރު ކިޔައި ތަކުރާރު ކުރާށެވެ. އެއީ އެޔާތްތައް ގުޅުވައިގެން ކިޔުމަށް ފަރިތަކުރުމަށެވެ.
  2. ފަސްވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.

مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّـهِ ۚ وَاللَّـهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٥﴾

  1. ހަވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.

قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّـهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ ﴿٦﴾

  1. ހަތްވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.

وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَاللَّـهُ عَلِيمٌ بِالظَّالِمِينَ ﴿٧﴾

  1. އަށްވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.

قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٨﴾

  1. ފަސްވަނަ އާޔަތުން އަށްވަނަ އާޔަތުގެ ނިޔަލަށް ވިހިފަހަރު ކިޔައި ތަކުރާރުކޮށް ހިތުން ކިޔާށެވެ. އެއީ އެއާޔަތްތައް ގުޅުވައިގެން ކިޔުމަށް ފަރިތަކުރުމަށެވެ.
  2. ފުރަތަމަ އާޔަތުން އަށްވަނަ އާޔަތުގެ ނިޔަލަށް ވިހިފަހަރު ކިޔައި ތަކުރާރުކޮށް ހިތުން ކިޔާށެވެ. އެއީ އެޔާތްތައް ރަނގަޅަށް ފަރިތަކޮށްލުމަށެވެ.

މިފަދައިން ޤުރުއާނުގެ ކޮންމެ ޞަފްޙާއެއްވެސް ދަސްކުރާނީއެވެ. ދުވާލަކު ޘުމުނަށް [1] ވުރެ ގިނައިން ދަސްނުކުރާށެވެ. (މުރާޖަޢާ ނުކުރެވޭނަމަ) ދަސްކުރާ ބައި ހަނދާން ނެތިދާނެއެވެ.

އަނެއް ދުވަހު އެހެން ޞަފްޙާއެއް ދަސްކުރާއިރު ޢަމަލު ކުރާނީ ކިހިނެތް؟

އަނެއް ދުވަހު އެހެން ޞަފްޙާއެއް ދަސްކުރުމުގެ ކުރިން، ކުރީ ދުވަހު ދަސްކުރި ސަފްޙާ ވިހި ފަހަރު ކިޔާލާށެވެ. އޭރުން ކުރީ ދުވަހުގެ ބައި ބޮޑަށް ދަސްވާނެއެވެ. ދެން އެއަށްފަހުގައި އިސްވެ ބަޔާންވެ ދިޔަ ގޮތަށް އަނެއްކާވެސް އާ ޞަފްޙާއެއް ދަސްކުރާށެވެ.

= ނުނިމޭ =

ގުޅުންހުރި ލިޔުންތައް

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތުކުރަމާތޯއެވެ.

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތުކުރަމާތޯއެވެ.

ލާދީނީ ނޫން ވެއްޖިއްޔާ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

ލާދީނީ ނޫން ވެއްޖިއްޔާ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

އަނބި ދަރިންނާއި ފައިސާއަށްވުރެ ބޮޑަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާންޖެހޭ

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 1

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 3

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

Copyright 2020 – Meedhootimes.com | All Rights Reserved
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން