ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާޢިލް ޒަކަރިއްޔާ، ކޯވިޑަށް ފަރުވާދެނިކޮށް އަވަހާރަވެއްޖެއެވެ.
އިސްމާޢިލް ޒަކަރިއްޔާ އަވަހާރިވިކަން ޢާއިލާއިންވަނީ ކަށަވަރުކޮށްދެއްވާފައެވެ. އިސްމާޢިލް ޒަކަރިއްޔާ އަވަހާރަވެފައިމިވަނީ އުމުރުފުޅުން 79 އަހަރުގައެވެ. ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ރ. އަތޮޅު މެމްބަރުކަން ކުރައްވާފައިވާ އިސްމާޢިލް ޒަކަރިއްޔާވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ.
މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން