Follow us on
ރ. ޓީއާރުސީގެ ފަރާތުން ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސީރީޒެއް ފަށަނީ
| އިބްރާހިމް ރަފްހާން

ޓީޗަރުންގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ރ. ޓީޗަރސް ރިސޯސް ސެންޓަރުން ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސީރީޒްއެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ސީރީޒްގެ ފުރަތަމަ ބުރު މާދަމާ ފަށާގޮތަށް ވަނީ ހަމަޖައްސާފައެެެވެ. ގޫގްލް ކްލާސްރޫމް މެދުވެރިކޮށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި 651 ޓީޗަރުންނާއި ސަޕޯޓް ސްޓާފުން ބައިވެރިވާގޮތަށް ހަމަޖައްސާފައިވާއިރު މި ޕްރޮގްރާމުގެ ސެޝަންތައް ނަންގަވާދެއްވާނީ ތަޢުލިމީ ދާއިރާގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނެވެ.

ރ. ޓީއާރުސީއިން އަންނަނީ އަތޮޅުގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދަރިސުންގެ ފެންވަރު ރަނގަޅު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ