ރ. މާށިގިރި ކައިރިއަށް މަޑުއްވަރީ ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ. މި ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި4 މީހުން ތިބިކަމަށް މަޢުލުމާތުލިބެއެވެ.
މި ޑިންގީ ބަންޑުންޖަހާލުމާއި ގުޅިގެން މަޑުއްވަރީ ފުލުހުންނާއި މަޑުއްވަރީގެ އިތުރު ދެ ލޯންޗެއް މިހާރު އެ ސަރަހައްދަށް ދިއުމަށް ފުރާފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ. މި ހާދިސާ ހިނގައިގެން އުޅޭކަން ޕޮލިސް މީޑިޔާއިންވަނީ މީދޫ ޓައިމްސްއަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުން ވަނީ ފަހުން މި ޑިންގީން ދަތުރު ކުރި އެންމެން ރައްކާތެރިކަމާއެކު އަނބުރާ މަޑުއްވަރީއަށް ގެނެސްފައެވެ.