މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ”އޮރެންޖު އިންޒާރު“ ނެރެފިއެވެ.
މެޓު އޮފީހުން ދާދި ދެންމެއަކު އޮރެންޖު އިންޒާރު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އިންޒާރުގައި ބުނެފައިވަނީ އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.
އިންޒާރު ނެރެފައިވަނީ މިރޭ 22:30 އިން 2:30 އާއި ހަމައަށެވެ.