ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ށ. އަތޮޅުން ބ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓު އޮފީހުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ މިއަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން މިރޭ 20:30 އާއިހަމައަށެވެ.