ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ސިވިލް ސަރވިސް ކޮމިޝަނަށް އިބްރާހިމް ރަޝީދު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ރ. މީދޫ ބްލެކް، އިބްރާހިމް ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އިބްރާހިމް ރަޝީދަށް ރުހުން ދޭން ފެންނަ ކަމަށް 65 މެމްބަރަކު ވަނީ ވޯޓު ލާފައެވެ. އިބްރާހިމް ރަޝީދުގެ އިތުރުން ސީއެސްސީގެ މެމްބަރުކަމަށް ރުުން ދޭން މަޖިލީހުން ނިންމާފައިވާ ބޭފުޅުންނަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފް އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހްއަށެވެ.

އިބްރާހިމް ރަޝީދަކީ މިވަގުތު އެޑިއުކޭޝަން މިނިސްތްރީގެ ޑިރެކްޓަރ ޖެނެރެލަގް މަޤާމުގައި ހުންނެވި ބޭފުޅުކެވެ. އިބްރާހިމް ރަޝީދު އެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީއަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކޮށްލެވެއެވެ.