Follow us on
ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ރައްކާތެރިކަމާއެކު ކިނޮޅަހަށް ވަދެއްޖެ
| އިބްރާހިމް ރަފްހާން

ހަބަރެއް ނުވެގެން ސިފައިން ހޯދަމުންދިޔަ ޑިންގީ ރައްކާތެރިކަމާއެކު ރ. ކިނޮޅަހަށް ވަަދެފައިވާކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.

ހަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ ރ. މާމުނަގައު ރިޒޯޓުން 2 މީހުންނާއެކު ރ. ކިނޮޅަހަށް ދަތުރުކުރި ޑިންގީއެކެވެ. އެމް.އެން.ޑީ.އެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މި ޑިންގީ ރައްކާތެރިކަމާއެކު 12:13 ހާއިރު ރ. ކިނޮޅަހަށް ވަދެފައިވާކަމަށް އެ އުޅަނދުގެ ވެރިފަރާތުން މަޢުލޫމާތުދީފައިވާކަމަށެވެ.

މި ޑިންގީގެ ހަބަރެއް ނުވެގެން އެމް.އެން.ޑީ.އެފަށް ރިޕޯޓުކޮށްފައިވަނީ 10:45 ހާއިރުއެވެ.

ޚިޔާލު ފާޅުކުރައްވާ