2020 ގައި މީދޫގައި ޓާފް ދަނޑެއް އެޅުމަށް ބަޖެޓުގައި 6 މިލިއަން ރުފިޔާ!
2020 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓުގައި މީދޫގައި ޓާފް ފުޓުބޯޅަ ދަނޑެއް އަޅަން ބަޖެޓުކޮށްފިއެވެ.   ޔޫތު މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢޫއަށް ޙަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 6،100،000 ރުފިޔާއެވެ. މި ހިނގާ 2019 ވަނަ އަހަރުގެ ބަޖެޓުގައިވެސް މީދޫގައި ފުޓުބޯޅަ ދަނޑެއް ތަރައްޤީ ކުރުމަށް 900،000 ރުފިޔާ ހިމަނާފައިވެއެވެ. އެހެންނަމަވެސް އެ ފައިސާގެ އަދަދަކީ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެކަށީގެންވާނެ އަދަދެއް ނޫންކަމަށް ޔޫތު މިނިސްޓަރު ވަނީ މީދޫގެ ޒުވާނުންނާއި ބައްދަލުކޮށް ވިދާޅުވެފައެވެ.   ފުޓުބޯޅަ ދަނޑުގެ އިތުރުން މީދޫއަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 2 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށާއި މީދޫގައި އައުޓުޑޯރ ޖިމެއް ޤާއިމުކުރުމުގެ މަޝްރޫޢުއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...