ކައުންސިލްގެ 'ނޫރާނީ އެވޯޑު' އަދި 'ކަލާފާނު އެވޯޑު' 4 ފަރާތަކަށް!
މީދޫ ކައުންސިލުން އަރުވާ 'ނޫރާނީ އެވޯޑު' 4 ފަރާތަކަށް އަދި 'ކަލާފާނު އެވޯޑު'ވެސް 4 ފަރާތަކަށް އަރުވައިފިއެވެ.   ކަލާފާނު އެވޯޑަކީ 25 އަހަރަށްވުރެ ގިނަ ދުވަހު ރަށަށް އެކި ގޮތްގޮތުން ޙިދުމަތްކޮށްފައިވާ ފަރާތްތަކަށް އަރުވާ އެވޯޑެކެވެ. ރޭ ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި މި އެވޯޑު ހާސިލްކޮށްފައިވަނީ އަބްދުލް ޝަކޫރު އިރުދޭމާގެ، އަބްދުﷲ މޫސާ އެވަރބުލޫ، ހަސަން މޫސާ ހީނާމާގެ އިތުރުން މުޙައްމަދު ރަފީޢު ނިރޮޅެވެ.   ރަށަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް އަރުވާ ނޫރާނީ އެވޯޑު ހާސިލްކޮށްފައިވަނީ އޯލެވެލް އަދި އޭލެވެލް ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު މީދޫގެ ހަތަރު ދަރިވަރުންނެވެ. އެ ދަރިވަރުންނަކީ މާއިން ރަޝީދު، އައްފާން މޫސާ، އިޔާން އަބްދުލް ޢަޒީޒްގެ އިތުރުން އާހިލް އަބްދުﷲއެވެ.   ރޭ ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި މާސްޓާސް ޑިގްރީ ހާސިލްކޮށް މީދޫއަށް ރީތި ނަން ހޯދައިދިން 8 ފަރާތަކަށްވެސްވަނީ ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން މި ހަނދާނީ ލިޔުން ހާސިލްކޮށްފައިވަނީ އިބްރާހިމް ރަޝީދު، އަޙްމަދު ސަޢީދު، ހުސައިން ޒަރީރު، މޫސާ އިބްރާހިމް، އަހްމަދު ރަޝީދު، ފިރާޤު އަލީގެ އިތުރުން އިބްރާހިމް ރަޝީދެވެ.   ރޭގެ ޖަލްސާގައި އެވޯޑު ހާސިލްކުރި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފީފައިވަނީ ރޭގެ ޖަލްސާގެ ޝަރަފްވެރި މެހުމާން، މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އާދަމް ޝަރީފްގެ އިތުރުން ރ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ފަތުޙުﷲ އިސްމާޢިލްއެވެ.  
ކިޔުންތެރިންގެ ހިޔާލް

2019-11-02 15:51:08
ކަނބަލެއް
ނޫރާނީ އެވޯޑް ލިބުނު ދެ ދަރިވަރެއްގެ ނަން ނުހިމެނޭ މިނޫހުގަ ނެތްވާހަކަ މިބުނީ
އެންމެ މަގުބޫލު: 7 ދުވަސް

...