މީދޫ ކައުންސިލުން އަރުވާ 'ނަލަމީދޫ ފިލާ' އެމް.ކޮ.ކޯ ގުރޫޕަށް!
މީދޫއަކީ ފެހި ރީތި ރަށަކަށް ހެދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް މީދޫ ކައުންސިލުން އަރުވަން ފެށި 'ނަލަ މީދޫ އެވޯޑު' އެމް.ކޮ.ކޯ ގުރޫޕަށް އަރުވައިފިއެވެ.   މީދޫގެ ދެކުނު ފަރާތުގެ އަތިރިމަތި ސާފުކޮށް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އެމް.ކޮ.ކޯ ގުރޫޕަށް މި އެވޯޑު އަރުވާފައިވަނީ ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ މީދޫގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. އެމް.ކޮ.ކޯ ގުރޫޕުން މިހާރުވެސް އަންނަނީ ދެކުނު ފަރާތުގައި 'އެމް.ކޮ.ކޯ ބީޗު'ގެ ނަމުގައި އަތިރިމަތި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.   އެމް.ކޮ.ކޯގެ އިތުރުން އިތުރު 7 ފަރާތަކަށް ރޭގެ ޖަލްސާގައި މި އެވޯޑު އަރުވާފައިވެއެވެ. އެ ފަރާތްތަކަކީ ވީރާ އިންވެސްޓްމެންޓް، ގާދޫނި ޕާރޓްނާސް ލިމިޓެޑު، ރ، އަތޮޅު ތަޢުލީމީ މަރުކަޒު، މީދޫ ހެލްތް ސެންޓަރ، ފުރަވެރި ރިޒޯޓު، މީދުއްޕަރު ރިޒޯޓު، ދިގަލި މޯލްޑިވްސްއެވެ.    
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...