"އެމް.ޑީ.އެންގެ ރިޕޯޓު ލިޔުނު ފަރާތްތަކަށް ޤާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ގޮވާލަން"
މޯލްޑިވްސް ޑިމޮކްރަސީ ނެޓުވޯކުގެ ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން މާތް ނަބިއްޔާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން އެ ފަރާތްތައް ހޯދާ ޤާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހިމް ގޮވާލައްވައިފިއެވެ.   ހުޅުދުއްފާރު ކައުންސިލްގެ ރައީސް ފޭސްބުކްގައި ޖެއްސެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމް.ޑީ.އެންގެ ރިޕޯޓުގައި ދީނަށާއި މާތް ނަބިއްޔާއަށްވެސް ފުރައްސާރަކޮށްފައިވާކަން ފުލުހުންގެ ތަހުޤީޤުންވެސް ހާމެވެފައިވާކަމަށާއި އެ ނުބައި ޢަމަލު ހިންގި ފަރާތްތަކަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދީ ލަސްނުކޮށް އެމް.ޑީ.އެންއާއިމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ.   އެމް.ޑީ،ޕީއަށް ނިސްބަތްވެލައްވާ ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހިމްވަނީ މީގެ ކުރިންވެސް އެމް.ޑީ.އެންއަށް ފިޔަވަޅު އެޅުމަށް އެކިފަހަރު މަތިން ގޮވާލައްވާފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...