މީދޫގައި ޤައުމީ ދުވަސް ފާހަގަކުރަން ބާއްވާ ހާއްސަ ޖަލްސާ މިރޭ ރައްވެހި ބީޗުގައި!
  މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫ ކައުންސިލުން ބާއްވާ ހާއްސަ ޖަލްސާ މިރޭ ރައްވެހި ބީޗުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.   މިރޭގެ ޖަލްސާއާއި ގުޅޭ ގޮތުން 'އެމް.ޓީ'އަށް މަޢުލޫމާތުދެއްވަމުން މީދޫ ކައުންސިލްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ، މިރޭގެ ޖަލްސާގައި ހާއްސަ އެވޯޑުތަކެއް އެކި ފަރާތްތަކަށް އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިރޭގެ ޖަލްސާގައި އެރުވުމަށް ހަމަޖެހިފައިވާ އެވޯޑުތަކަކީ - ރަށަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް އަރުވާ ކަލާފާނު އެވޯޑު - ރަށަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް އަރުވާ ނޫރާނީ އެވޯޑު - ރަށް ފެހިއަދި ރީތި ރަށަކަށް ހެދުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަރުވާ ނަލަމީދޫ އެވޯޑު މީގެ އިތުރުން މާސްޓާސް ޑިގްރީ ހާސިލްކޮށް ރަށަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށްވެސް އެވޯޑު އެރުވުމަށް ކައުންސިލުންވަނީ ނިންމާފައެވެ.     މިދިޔަ އަހަރުވެސް ޤައުމީ ދުވަސް ފާހަގަކުރުމަށް މީދޫގައި ހާއްސަ ޖަލްސާއެއް ބާއްވާފައިވެއެވެ.    
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...