އެމް.ޑީ.އެން އުވާލަން ގޮވާލާ ބަޔާން ނެރުނު ކައުންސިލްތަކުގެ އަދަދު 140 އަށް!
އިސްލާމްދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓުވޯކް، އެމް.ޑީ.އެން އުވާލަން ގޮވާލާ ބަޔާން ނެރުނު ކައުންސިލްތަކުގެ އަދަދު 140 އަށް އަރައިފިއެވެ.   ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން ބައެއް އަތޮޅު ކައުންސިލްތަކުންވެސް އެމް.ޑީ.އެންއާއި ދެކޮޅަށް ބަޔާން ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ. ކައުންސިލްތަކުގެ ބަޔާންތަކުގައި އެމް.ޑީ.އެންގެ އިސްވެރިންނަށް ފިޔަވަޅުއަޅާ ސަރުކާރުގެ މަޤާމުތަކުން އެމީހުން ދުރުކުރުމަށްވެސް ގޮވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.   އެމް.ޑީ.އެންއާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސުލްޙަވެރި އެއްވުންތައްވެސް ބާއްވާފައިވެއެވެ. އެމް.ޑީ.އެންގެ ރިޕޯޓު ފެންމަތިވިތާ 25 ދުވަސްވެފައިވާއިރު ރައީސް ސޯލިޙްވަނީ އެމް.ޑީ.އެންއާއިމެދު ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ފިޔަވަޅު އެޅުން ލަސްވާތީ އާއްމުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންކަން ފާހަގަކޮށްލެވެއެވެ.   އެމް.ޑީ.އެންގެ މައްސަލަ ފުލުހުން ތަހުޤީޤުކުރަމުން އަންނާތީ އެ ޖަމިއްޔާވަނީ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...