މަރާމާތަށް މީދޫ ފުޓުސަލް ދަނޑު ވަގުތީ ގޮތުން ބަންދުކޮށްފި
މީދޫގައި ޤާއިމުކޮށްފައިވާ ފުޓުސަލް ދަނޑުގެ ބައެއް މަރާމާތުތައް ކުރުމަށްޓަކާ ވަގުތީ ގޮތުން ފުޓުސަލް ދަނޑު ބަންދުކޮށްފިއެވެ.   މިކަން އިޢުލާންކޮށްފައިވަނީ މީދޫ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައެވެ. މަރާމާތަށް ފުޓުސަލް ދަނޑު ބަންދުކޮށްފައިމިވަނީ ދަނޑަށް އެޅުމަށް ބޭނުންވާ އިތުރު ރަބަރާއި ދަނޑުގެ ލައިޓިންގ ސިސްޓަމް ރަނގަޅު ކުރުމަށް އިތުރު ލައިޓުތަކެއްވެސް ގެނެއުމަށްފަހުގައިކަން ފާހަގަކޮށްލެވެއެވެ.   ފުޓުސަލް ދަނޑު ބަންދުކޮށްފައިވަނީ ކިތައް ދުވަހަށްކަމެއް ކައުންސިލްގެ އިޢުލާނުގައި ބުނެފައެއްނުވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...