ޤައުމުގެ ޙާލަތު ޢިލްމުވެރިން އަމިއްލަ ރައްކަލަށް 'ސަލާމަތީ ފިޔަވަޅުތައް' އަޅަން ޖެހޭ ހިސާބަށް؟!
ކުރިއަށް އޮތް ދުވަސްތަކުގައި ޢިލްމުވެރިން އެބޭފުޅުންގެ އަމިއްލަ ސަލާމަތީ ކަންކަމާ މެދުގައި ހާއްސަ ސަމާލުކަމެއް ބެހެއްޓުން މުހިއްމުކަމެއް ކަމަށްބުނެ ޢިލްމުވެރިންގެ ގުޅުމުން ޢިއުލާނެއް ނެރެފިއެވެ.   އެގޮތުން ޢިލްމުވެރިން ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ މަގު މައްޗަށް ނުނިކުތުމަށާއި، ހާއްސަކޮށް ރޭގަނޑު ދަންގަޑިތަކުގައި މަގުތަކަށް ނުނިކުތުމަށް ޢިލްމުވެރިންނަށް އިލްތިމާސްކުރައްވާފައިވެއެވެ. މީގެ އިތުރުން އެއްވެސް ކަހަލަ ގޮތަކަށް ކިތަންމެ ކުޑަ ހާނިއްކައެއް ލިބިއްޖެނަމަ އެކަމާ އިހުމާލުވެ ވަޑައިނުގެން ވަގުތުން އަވަސް ފަރުވާ ހޯއްދެއްވުމަށްވެސް އިލްތިމާސްކުރައްވާފައިވެއެވެ.   ހަމައެއާއިއެކު އަމިއްލަ ކާރުކޮޅު ނުވަތަ ސައިކަލުކޮޅު ޕާކުކޮށްފައި ހުއްޓައި ގެއްލުމެއް ލިބިފައި ހުރިކަން ފާހަގަވެއްޖެނަމަ އެކަމެއް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެއުމަށާއި "އެއްވެސް ބާވަތެއްގެ" ޟައްކެތް އުފެދޭ ފަދަ ކަމެއް ފާހަގަވާނަމަ ކަމާ ބެހޭ ފަރާތްތަކުގައި ލަސްނުކޮށް ސަމާލުކަމަށް ގެންނެވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.   މީގެ އިތުރުން ބޭނުންވެއްޖެކަމަށް ޤަބޫލްކުރެވިއްޖެ ހިނދެއްގައި ސަލާމަތީ ކަންކަން ބަލަހައްޓަވައިދެއްވުމަށް އެދި ކަމާބެހޭ ފަރާތްތަކުގައި އެދިލެއްވުމަށާއި ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމުގައި އިތުރަށް ފަރުވާތެރިވުން އިތުރުކުމަށްވެސް އެދިލައްވާފައިވެއެވެ.   ޢިލްމުވެރިންގެ ގުޅުމަކީ އެމް.ޑީ.އެންގެ މައްސަލަ ފެންމަތިވުމުގެ ސަބަބުން ޢިލްމުވެރިން އުފައްދާފައިވާ ޢިލްމުވެރިންގެ ޖަމިއްޔާއެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...