ޓެރެރިޒަމްގެ ތުހުމަތުގައި މަޑުއްވަރީގެ ގެއެއް ބަލާ ފާސްކޮށް ދެ ފޯން ގެންގޮސްފި
ޓެރެރިޒަމްގެ ތުހުމަތުގައި ފުލުހުން މަޑުއްވަރީގެ ގެއެއް ބަލާ ފާސްކޮށް އެގޭގައި ދިރިއުޅޭ މީހެއްގެ ދެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.   'އެމް.ޓީ'އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެގޭ ބަލާ ފާސްކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ފުލހުން ބަލާފާސްކޮށްފައިވަނީ ރ. މަޑުއްވަރީ ސަޢީދާމަންޒިލްއެވެ. އެގޭ ބަލާ ފާސްކުރުމަށްފަހު އެގޭގައި ދިރިއުޅޭ މީހެއްގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ.   ފުލުހުން މިގޭ ބަލާ ފާސްކޮށްފައިވަނީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރަކާއިއެކުގައެވެ. ޓެރެރިޒަމްގެ ތުހުމަތުގައި އއ. ރަސްދޫއިންވެސް މީހަކު ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...