އެމް.ޑީ.އެންގެ ރިޕޯޓު ކުށްވެރިކޮށް ބަޔާން ނެރުނު ކައުންސިލްތަކުގެ އަދަދު 88 ކަށް!
މޯލްޑިވްސް ޑިމޮކްރަސީ ނެޓުވޯކުގެ ނަމުގައި ހިންގަމުން އަންނަ ޖަމިއްޔާއަކުން މާތް ނަބިއްޔާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ކުށްވެރިކޮށް އެ ޖަމިއްޔާއަށާއި އެ ރިޕޯޓު ލިޔުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ 88 ކައުންސިލަކުން ބަޔާން ނެރެފިއެވެ.   މި މަހުގެ 1 ވަނަ ދުވަހު އާންމުންގެ ތެރެއަށް ފެންމަތިވި މި ރިޕޯޓުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެމް.ޑީ.އެން އުވާލުމަށް ގޮވާލަމުންނެވެ. މިގޮތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ އެއްވުންތައްވެސް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.   މީގެ އިތުރުން އެކި ރަށްތަކުގެ އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ އެމް.ޑީ.އެންއާއި މެދު ފިޔަވަޅު އަޅާ ހަރުކަށި އަދަބު ދިނުމަސް ގޮވާލާ ބަޔާން ނެރެފައެވެ.   އެމް.ޑީ.އެންއާއި ދެކޮޅަށް ރ. އަތޮޅުގެ 9 ކައުންސިލަކުން މިހާތަނަށް ބަޔާން ނެރެފައިވާއިރު ރ. އަތޮޅުގެ 5 ރަށެއްގައި އެމް.ޑީ.އެންއާއި ދެކޮޅަށް އަޑުއުފުލުމަށް ސުލްޙަވެރި ހިނގާލުންވެސް ބާއްވާފައިވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...