މަޑުއްވަރީން ނަމޫނާއެއް: މުއައްސަސާތައް ގުޅިގެން، އެކަނި ދިރިއުޅޭ މީހެއްގެ ގެ ސާފުކޮށްދެނީ!
ރ. މަޑުއްވަރީ ކައުންސިލާއި ސިއްޙީ މަރުކަޒު އަދި މަޑުއްވަރީ ޕޮލިސް ގުޅިގެން އަޅާލާނެ މީހެއް ނެތި އެކަނި ދިރިއުޅޭ އުމުރުން ދުވަސްވީ ބަލި މީހެއް ދިރިއުޅެމުންދާ ގޭ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.   މަޑުއްވަރީ ކައުންސިލްގެ ފޭސްބުކް ޕޭޖުގައިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރ. މަޑުއްވަރީ ބަޠަލާގެ ސާފުކުރުމުގެ މަސައްކަތް މަޑުއްވަރީގެ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދަނީ އެގެއަކީ ގެއާއި ގޭތެރެ ސާފުނުކުރާތާ އެތައް ދުވަހެއް ވުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އޮތުމުގެ ސަބަބުންކަމަށެވެ. މީގެ އިތުރުން މިގޭ ބަލަހައްޓާނެ ފަރާތެއްވެސް މިވަގުތު ނެތްކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.   ރ. މަޑުއްވަރީ ބަޠަލާގޭގައި ދިރިއުޅޭ އަބްދުއް ސައްތާރު މުޙައްމަދަކީ އަތްބެއް، ދަރިއެއް ހުރި މީހެއް ނޫނެވެ. މީގެ އިތުރުން އަބްދުއް ސައްތާރުގެ އާއިލާގެ މީހުން ތިބި ނަމަވެސް އާއިލާގެ މީހުން ފަރާތުންވެސް އެއްވެސް އަޅާލުމެއް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.   މީގެ އިތުރުން އެގެއަށް ބޭނުންވާ އިތުރު ސާމާނު މަޑުއްވަރީ ކައުންސިލާއި މަޑުއްވަރީ ސިއްޙީ މަރުކަޒު އަދި މަޑުއްވަރީ ޕޮލިސް ގުޅިގެން ހޯދައިދިނުމަށް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ. މަޑުއްވަރީގެ މުއައްސަސާތަކުން ކުރިއަށް ގެންދިޔަ މި ހަރަކާތް ގިނަ ބަޔަކު އަންނަނީ ފާހަގަކޮށް ތަޢުރީފް ކުރަމުންނެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...