މީދޫ ސްޕޯރޓްސް ކުލަބުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެ!
ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ މީދޫ ސްޕޯޓްސް ކުލަބުގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 14:00 އަށް ހަމަވާނެއެވެ.   މީދޫ ސްޕޯޓްސް ކުލަބުގެ ހިންގާ ކޮމިޓީއަށް އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ ރައީސް އަކާއި 3 ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް، ހަޒާންދާރު، ކޯޑިނޭޓަރެއްގެ އިތުރުން ރަޖިސްޓްރާރއެކެވެ. 3 ނައިބު ރައީސްގެ ތެރެއިން 1 މަޤާމަށް އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ އަންހެން ބޭފުޅެކެވެ.   ސްޕޯޓްސް ކުލަބުގެ މަޤާމުތަކަށް އެދި ހުށައަޅާ ފޯމު ހުށައަޅަން ޖެހޭނީ މީދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...