ބިދޭސީންގެ ދަފްތަރެއް އެކުލަވާލުން: ކައުންސިލް އަދި ޕޮލިހުން ގުޅިގެން ކުރިއަށް ގެންދާ ބޮޑު މަސައްކަތެއް!
މީދޫގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލާ ޤަވާއިދާ ޚިލާފަށް މީދޫގައި މަސައްކަތްކުރާ ބިދޭސީން ހޯދުމުގެ މަސައްކަތް މީދޫ ކައުންސިލާއި މީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފަށައިފިއެވެ.   މި މަސައްކަތުގެ ތެރެއިން މީދޫގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޕާސްޕޯޓު އަދި ވިސާ ފަދަ ލިޔެކިޔުންތައް ހަމަ ބިދޭސީންނާއި އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީންވެސް އެނގިގެންދާނެކަމަށް މަޢުލޫމާތުލިބެއެވެ. މީގެ އިތުރުން އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީން އެމިގްރޭޝަންއާއި ހަވާލުކުރުމަށް މާލެ ފޮނުވާލުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން | ފޮޓޯ: މީދޫ ކައުންސިލް
މި ދަފްތަރު އެކުލަވާލުމަށް ކައުންސިލަރުންވެސް ހިމެނޭ ގޮތަށް ކައުންސިލްގެ މުވައްޒަފުންނާއި މީދޫ ޕޮލިހުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ. މި ދަފްތަރު އެކުލަވާލާ ނިމުމުން މީދޫގައި ތިބި ބިދޭސީންގެ ދަފްތަރުގައި ހިމެނޭ މަޢުލޫމާތު 'އެމް.ޓީ'އަށް ހިއްސާ ކުރާނެކަމަށް މީދޫ ކައުންސިލުން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...