"އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ހަމަ ނުޖެހުން އުފައްދަން ގޮވާފައެއް ނުވާނެ"
އިސްލާމްދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރެފައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އުވާލުމަށް ގޮވާލާ ކުރިއަށް ގެންދާ 'ބޭން އެމްޑީއެން' ކެމްޕެއިން ސުލްޙަވެރިކަމާއިއެކު ކުރިއަށް ގެންދިޔުމަށް ޑރ. އިޔާޒް ގޮވާލައްވައިފިއެވެ.   ދީނީ ޢިލްމުވެރިންގެ ތެރެއިން މި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވީ، މި ކެމެޕެއިންގެ ތެރެއަށް ވަނުމަށް މަސައްކަތްކުރާ 'ކަތުރު ފަނި'ތަކަށް ޖާގަ ނުދެއްވުމަށް ގޮވާލައްވާކަމަށާއި ސުލްޙަވެރިކަމާއިއެކު ކުރިއަށް ގެންދާށެވެ.   މީގެ އިތުރުން އެމް.ޑީ.އެންއާއި ދެކޮޅަށް ކުރިއަށް ގެންދާ މި ހަރަކާތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހަމަނުޖެހުން އުފައްދަން ގޮވާލާފައި ނުވާނެކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެކަމަށް ގޮވާނުލާނެކަމަށްވެސް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.   އެމް.ޑީ.އެންގެ ރިޕޯޓާއި ގުޅިގެން ގިނަ ރައްޔިތުންތަކެއް ކަންބޮވުން ފާޅުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...