މެމްބަރު އާދަމް ޝަރީފް ރައީސް ނަޝީދަށް: އިތުބާރު ގެއްލުނީ ހަމައެކަނީ ހޯމް މިނިސްޓަރުގެ އެއް ނޫން!
އިތުބާރުގެއްލިފައިވަނީ ހަމައެކަނި ހޯމް މިނިސްޓަރު ޝައިޚް އިމްރާންގެ ނޫންކަމަށްބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.   ހޯމް މިނިސްޓަރަށް އޮތް އިތުބާރު ގެއްލިއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދު ދީ އާދަމް ޝަރީފް ވިދާޅުވީ، މުޅި ގައުމުގެ ނަންވެސް ކިލަނބުވެއްޖެކަމަށާއި ބުޅާ ގޯނިން ބޭރުވެއްޖެކަމަށެވެ. "ބިންގާ އެޚުނީ ކަށްޗަށް، ރަނގަޅު ކުރެވޭނީ ސަރުކާރުން ޤުރުބާނީތަކެއް ވެގެން" އާދަމް ޝަރީފްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.   މީގެ އިތުރުން މިއީ އެންމެނެވެސް ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. ހޯމް މިނިސްޓަރު ޝައިޚް އިމްރާންގެ އިތުބާރު ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ މީހުން މަރަން ގޮވާއިރު ފިޔަވަޅު ނާޅާތީކަމަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...