ރ. އަތޮޅުގެ 8 ކައުންސިލަކުން އެމް.ޑީ.އެންގެ ރިޕޯޓު ކުށްވެރިކޮށް ބަޔާން ނެރެފި
  މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުގެ ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން މާތް ނަބިއްޔާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ރ. އަތޮޅުގެ 9 ކައުންސިލަކުން ކުށްވެރިކޮށް ބަޔާން ނެރެފިއެވެ.   އެމް.ޑީ.އެންގެ ރިޕޯޓު ކުށްވެރިކޮށްފައިވާ ރ. އަތޮޅުގެ ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ މީދޫ ކައުންސިލް، ކިނޮޅަސް ކައުންސިލް، އިންނަމާދޫ ކައުންސިލް، އިނގުރައިދޫ ކައުންސިލް، މާކުރަތު ކައުންސިލް، ދުވާފަރު ކައުންސިލް، އަނގޮޅިތީމު ކައުންސިލް، ރ. ފައިނު ކައުންސިލް އަދި ރ. އަތޮޅު ކައުންސިލެވެ.   މި ހުރިހާ ކައުންސިލްތަކެއްގެ ބަޔާންތަކުގައިވެސް ވަނީ މި ރިޕޯޓުގައި ހުރި ކަންބޮޑުވުންތަކާއިމެދު އަލިއަޅުވާލާ އެ ރިޕޯޓު ލިޔުނު ޖަމުޢިއްޔާ އުވާލާ އެ ރިޕޯޓު ލިޔުނު މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.   މީގެ އިތުރުން ނަބިއްޔާގެ ދިފާޢުގައި ރ. އަތޮޅުގެ ބައެއް ރަށްތަކުގައިވަނީ ހިނގާލުންތައްވެސް ކުރިއަށް ގެންގޮސްފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހިނގާލުންތައް ކުރިއަށް ގެންގޮސްފައިވަނީ ރ. މީދޫ، ރ. ހުޅުދުއްފާރު، ރ. ދުވާފަރު، ރ. އަނގޮޅިތީމުގެ އިތުރުން ރ. ރަސްގެތީމުގައެވެ.  
ކިޔުންތެރިންގެ ހިޔާލް

2019-10-24 02:42:55
އެލްޑީ
ތިތާ ނެތީ އަނގަ އަރުވާފަ އުޅޭ މީދޫ ކައުންސިލްގެ ނަން...ލަދު
އެންމެ މަގުބޫލު: 7 ދުވަސް

...