"ނަބިއްޔާގެ ދިފާޢުގައި މީދޫ ރައްޔިތުން" ބޮޑު ހިނގާލުން މާދަމާ ހަވީރު!
މާތް ނަބިއްޔާއަށާއި އިސްލާމްދީނަށް ކުރާ ފުރައްސާރައާއި ރ. މީދޫގެ ރައްޔިތުން ދެކޮޅުކަން އަންގައިދިނުމުގެ ގޮތުން މާދަމާ ހަވީރު ބޮޑު ހިނގާލުމެއް ބާއްވަން ހަމަޖައްސައިފިއެވެ.   މީދޫ ޖަމުޢިއްޔަތުއް ޞަލާހް، މީދޫ އެކުވެރި ކުލަބު އަދި އުއްމީދު ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:15 ގައި ބަނދަރު ސްޓޭޖް ސަރަހައްދުންނެވެ. މި ހިނގާލުމުގައި ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމަށް މި ހަރަކާތް ކުރިއަށްގެންދާ ފަރާތްތަކުން އެދިލައްވައެވެ.   ނަބިއްޔާގެ ދިފާއުގައި ގިނަ ރަށްތަކުން ހިނގާލުންތައް ބޭއްވުމަށް ޖައްސާފައިމިވަނީ އެމް.ޑީ.އެންއިން ނެރެފައިވާ ރިޕޯޓެއްގައި މާތް ނަބިއްޔާއަށް ފުރައްސާރަކޮށްފައިވާތީ އެކަމާ ދެކޮޅުކަން އަންގައިދިނުމުގެ ގޮތުންނެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...