"ނަބިއްޔާގެ ދިފާއުގައި" ނައިފަރު އަދި ހިރިލަންދޫގައިވެސް ބޮޑު ހިނގާލުމެއް!
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، އެމްޑީއެންގެ ނަމުގައ ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން މާތް ނަބިއްޔާއާއި އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުންފާޅުކޮށް އެމީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި ނަބިއްޔާގެ ދިފާޢުގައި ޅ. ނައިފަރު އަދި ތ. ހިރިލަންދޫގައި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.   މި ދެ ރަށުގައިވެސް ބާއްވާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައެވެ. މި ހިނގާލުންތަކުގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް އެ ރަށްރަށުގައި މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން އެދިލައްވައެވެ.   ހިރިލަންދޫ އަދި ނައިފަރުގެ އިތުރުން މާދަމާ ހަވީރު އަނގޮޅިތީމު އަދި ހުޅުދުއްފާރުގައިވެސް ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި މާތް ނަބިއްޔާއާއި ގުޅޭ ގޮތުން ޙާއްސަ ދީނީ ދަރުސްތައް ކުރިއަށް ގެންދިޔުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...