'ނަބިއްޔާގެ ދިފާޢުގައި' ހުޅުދުއްފާރު ރައްޔިތުން ބޮޑު ހިނގާލުމެއް ބާއްވަނީ!
އެމް.ޑީ.އެންގެ ނަމުގައި ހިންގަމުން އަންނަ ރިޕޯޓެއްގައި މާތް ނަބިއްޔާ މުޙައްމަދު ޞަލައްﷲ ޢަލައިހި ވަސައްލަމައަށާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ދަނޑިވަޅެއްގައި 'ނަބިއްޔާގެ ދިފާޢުގައި' ހުޅުދުއްފާރު ރައްޔިތުން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.   ހުޅުދުއްފާރު ކައުންސިލާއި ލެންޓާން ގުޅިގެން ކުރިއަށް ގެންދާ މި ހިނގާލުމަކީ އިސްލާމްދީނާއި ނަބިއްޔާއަށް ކުރެވޭ ފުރައްސާރައާއި ރ. ހުޅުދުއްފާރު ރައްޔިތުން ދެކޮޅުކަން އަންގައިދިނުމަށް ބާއްވާ ހިނގާލުމެއްކަން ފާހަގަކޮށްލެވެއެވެ. މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޯބަރ 2019 ވާ ހުކުރު ދުވަހުގެ ހަވީރު 16:15 ގައެވެ.   ހުޅުދުއްފާރުގެ އިތުރުން ރ. އަތޮޅުގެ ބައެއް އެހެން ރަށްރަށުގައިވެސް ހުކުރު ހިނގާލުން ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް މަޢުލޫމާތުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...