އެމް.ޑީ.އެންގެ ރިޕޯޓަކީ ޣައިރު ޤާނޫނީ ރިޕޯޓެއް، އެއީ ކުށްވެރިވެފައިވާ ބައެއް – ޢިލްމުވެރިން
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް، އެމް.ޑީ.އެންއިން އިސްލާމްދީނަށާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާ ރިޕޯޓަކީ ޣައިރު ޤާނޫނީ ރިޕޯޓެއްކަމަށާއި އެ ރިޕޯޓު ލިޔުނު މީހުންނަކީ ކުށްވެރިވެފައިވާ ބައެއްކަމަށް މަޝްހޫރު ދީނީ އައްޝައިޚް ޢިލްމުވެރިޔާ އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.   މިއަދު ހަވީރު ދީނީ ޢިލްމުވެރިންގެ ގުޅުމުން ގިނަ ޢިލްމުވެރިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އަލީ ޒާހިރު ވިދާޅުވީ، އެމް.ޑީ.އެންގެ ރިޕޯޓަކީ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއިވެސް ޚިލާފުވާ ރިޕޯޓެއްކަމަށާއި ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާއި ޙިލާފު ރިޕޯޓެއްކަމަށެވެ.   މިފަދަ ފުރައްސާރަކޮށް ރިޕޯޓު ލިޔެފައިވާ މީހުންނަނީ ޤާނޫނާއި ޚިލާފު ކުށެއްކޮށްފައިވާ ބައެއްކަމަށްވެސް ޝައިޚް އަލީ ޒާހިރު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.   ހަވީރު ކުރިއަށް ގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...