ރިޔާސީ އިންތިޚާބާއި ގުޅޭ ކަންބޮޑުވުންތަކުގައި އިލެކްޝަންސް ކޮމިޝަން ހިމޭނުން އޮންނާތީ ޕީޕީއެމުން ފާޑުކިޔައިފި.
ރިޔާސީ އިންތިޚާބު 2018އާއި ގުޅޭ ކަންބޮޑުވުންތަކުގައި އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީނުވެ، ހިމޭނުން އޮންނާތީ އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނު ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ މަޖިލިސް މެމްބަރ އިބްރާހީމް ދީދީ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އިންތިކާބާމެދު ޕީޕީއެމް އިން ކަންބޮޑުވާ އެތައްކަމެއް އެބަހުރިކަމަށެވެ. އެގޮތުން އެޕާޓީއިން ކަންބޮޑުވާ އެއްކަމަކީ ވޯޓުކަރުދާސް އަގުބޮޑުކޮށް ޗާޕުކޮށްފައިހުރުމެވެ. 
ޕީޕީއެމް އިން މިއަދު މިކަން ފާހަގަކުރިނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ މި ކަންބޮޑުވުން ރިޔާސީ އިންތިޚާބުގެ ކުރިންވެސް މީޑިޔާއާއި ހިއްސާކޮށްފައެވެ. އެހެންނަމަވެސް ޕީޕީއެމް އިން އެވަގުތު އެކަމާމެދު އެއްވެސް ބަހެއް ބުނެފައެއްނުވެއެވެ.    ފޭދޫ ދާއިރާގެ މެމްބަރު އިތުރަށް ވިދާޅުވީ އިންތިހާބު ކުރިއަށްދިޔައިރު  އިލެކްޝަންސްގެ އޮފިޝަލުން އިންތިހާބު އޮޅުވާލުމަށް އެކިގޮތްގޮތަށް ފާހަގަޖެހުމަށްޓަކައި އެކިފާޑުގެ ތަކެތި ބޭނުންކޮށްފައިވާކަމުގެ ޝަކުވާވެސް ސޯޝަލް މީޑިޔާގައި ފާޅުކުރަމުން އަންނަކަމަށެވެ. މީގެއިތުުރުން އިންތިހާބު ކުރިއަށްދިޔައިރު އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާބޭސްއަށް އެތައް އެޓޭކުތަކެއް އައިސްފައިވާކަމަށް ކޮމިޝަނުން ބުނެފައިވާއިރު މިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ތަފްސީލު ޖަވާބެއްދެއްވުމަށް އައިބީ ގޮވާލެއްވިއެވެ.    ޕީޕީއެމުން މިގޮތަށް ގޮވާލާފައިވާއިރު ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާގޮތުން 423 މައްސަލައެއް އިންތިހާބާއިގުޅިގެން އެކޮމިޝަނަށް ހުށައަޅާފައިވާކަމަށެވެ. އެހެންނަމަވެސް އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންވަރުގެ މައްސަލައެއް ފާހަގަކުރެވިފައިނުވާކަމަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.    އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ޞާލިހު އިންތިހާބު ކާމިޔާބުކުރެއްވީ 134705 ވޯޓުންނެވެ. ޕީޕީއެމްގެ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލިބިވަޑައިގަތީ 96052 ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...