އެމް.ޑީ.ޕީއަކީ ވަކި މީހެއްގެ ތަރިކަ މުދަލެއް ނޫން – ރ. އަތޮޅު ކައުންސިލްގެ ރައީސް
އެމް.ޑީ.ޕީއަކީ ވަކި މީހެއްގެ ތަރިކަ މުދަލެއް ނޫންކަމަށަށް ބުނެ އެމް.ޑީ.ޕީގެ ބޮޑުންނަށް ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.   އަލިފުށި ދާއިރާގެ މެމްބަރުގެ ގޮތުގައި އަތޮޅު ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި އަލީ ޝާހިދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ލާދީނީ ފިކުރާއި އެމް.ޑީ.ޕީގެ އާއްމު މެމްބަރުން އަބަދުވެސް ދެކޮޅުކަމަށާއި ބޮޑުން ތަޅާ ކޮސް އަނގައިގެ ސަބަބުން އިހުލާސްތެރި ވެރިންނާއި އިހުލާސްތެރި މެމްބަރުންގެ އަބުރާއި، އިއްޒަތާއި ޤަދަރު ކުޑަވޭ." މިހެންނެވެ.   ޕޯސްޓް ނިންމާލައްވަމުން އަލީ ޝާހިދު ވިދާޅުވެފައިވަނީ ކޮސް ނުގޮވާ މައިތިރިވުމަށާއި އެމް.ޑީ.ޕީއަކީ ވަކި މީހެއްގެ ތަރިކަ މުދަލެއް ނޫންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލް

2019-10-17 05:03:33
ކޫލް
އެމްޑީޕީ އަކީ އެތަކެއް ދިވެހި ލޮބުވެތި އަތޮޅުތަކުގެ މެމްބަރުން ގިނަ ޕާޓީއެއް ނަމަވެސް އެމްޑީޕީ ލީޑާރޝިޕްގައި އުޅޭ މަދު ބައެއްގެ ޢަމަލުގެ ސަބަބުން ޕާޓީ ވަނީ ކަތުރުފަނި އަޅާފައި ޕާޓީ ސާފު ކުރަންޖެހޭ !
އެންމެ މަގުބޫލު: 7 ދުވަސް

...