ސިއްޙީ މަރުކަޒުގެ ޙިދުމަތްތައް ރަނގަޅު ކުރުމަށް މުވައްޒަފުންނަށް ޓްރެއިނިންގެ ސެޝަނެއް!
ސިވިލް ސާވިސް މުވައްޒަފުން ކޮންމެ އަހަރަކުވެސް ފުރިހަމަ ކުރަން ޖެހޭ މެންޑޭޓަރީ ޓްރެއިނިންގ މީދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުން ފުރިހަމަކޮށްފިއެވެ.   ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޓްރެއިނިން ސެޝަންތަކުގައި މުވައްޒަފުންނަށްވަނީ އާއްމުންނާއި ޖަވާބުދާރީވާނެ ގޮތްތައް ކިޔައިދީފައިކަމަށް ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ.    މި ޕްރޮގުރާމާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަޙްމަދު ނަސީމް ވިދާޅުވީ، މި ޓްރެއިނިންގތަކަކީ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ކޮންމެ އަހަރަކުވެސް މުވައްޒަފުން ފުރިހަމަ ކުރަން ޖެހޭ 6 ގަޑިއިރުގެ މެންޑޭޓަރީ ޓްރެއިނިންގ ފުރިހަމަ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގ ސެޝަންތަކެއްކަމަށެވެ.   މި ސެޝަންތައް ނަންގަވައިދީފައިވަނީ ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޓްރެއިނަރެއްކަމަށް ރ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ފަތުހުﷲ އިސްމާޢީލްއެވެ. ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޓްރެއިނިންގގައި ސިއްޙީ މަރުކަޒުގެ 95 އިންސައްތަ މުވައްޒަފުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...