ރ. މީދޫގެ ޖަމުޢިއްޔާތަކުގެ އަޑު: އެމް.ޑީ.އެންއަށް ފިޔަވަޅު އަޅާ!
މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް، އެމް.ޑީ.އެންގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން ނެރުނު ރިޕޯޓެއްގައި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އިސްލާމްދީނަށް ބަދުބަސް ރައްދުވާގޮތަށް ލިޔެފައިވާތީ އެ ޖަމުޢިއްޔާއާމެދު ފިޔަވަޅު އެޅުމަށް މީދޫގެ ތިން ޖަމުޢިއްޔާއިން ގޮވާލައިފިއެވެ.   މީދޫގައި ހިންގަމުން އަންނަ ތިން ޖަމުޢިއްޔާކަމަށްވާ މީދޫ ޖަމުޢިއްޔަތުއް ޞަލާހު، އުއްމީދު އަދި މީދޫ އެކުވެރި ކުލަބުން ގުޅިގެން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނާ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޖަމްޢިއްޔާތަކުގެ ޤަނޫނަށް ހުރުމަތްތެރިކޮށް ހިތ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކާ އެމް.ޑީ.އެންއާއިމެދު ވަގުތުން ފިޔަވަޅު އެޅުމަށް ޔޫތް މިނިސްޓްރީއަށް ގޮވާލާކަމަށެވެ.   މީގެ އިތުރުން އެ ޢަމަލް ހިމްގި ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް ރައީސުލްޖުމުހޫރިއްޔާއަށާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކަށްވެސް މި ބަޔާނުގައި ގޮވާލައިފަވެއެވެ.   މީގެ ކުރިން މީދޫ ކައުންސިލުންވެސް ވަނީ އެމް.ޑީ.އެންގެ ރިޕޯޓު ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ ބަޔާނެއް ނެރެފައިކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...