2020 ވަނަ އަހަރު ކިނޮޅަހުގައި ބާއްވާ ޖަނާއިޒް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާއި ކިނޮޅަހު ކައުންސިލާއި ގުޅިގެން 2020 ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކަށުކަމާކެމީގެ ކަންތައް ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.   މޯލްޑިވްސް ކްލެސިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ ސެޓްފިކެޓް ލެވެލް 3ގެ މި ކޯހަކީ ހަ މަސްދުވަހުގެ މުއްދަތަށް ހަފްތާ ބަންދުތަކުގައި ކިޔަވައިދޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށް ކިނޮޅަހު ކައުންސިލުންކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. މި ކޯހުގައި އިނގުރައިދޫ ދާއިރާ އަދި މަޑުއްވަރީ ދާއިރާގެ ރައްޔިތުންނަށްވެސް ބައިވެރިވެވޭނެއެވެ.   މި ކޯހުގެ ފީއަކީ 2120 ރުފިޔާކަމަށް ކިނޮޅަހު ކައުންސިލުންކޮށްފައިވާ ޢިޢުލާނުގައި ބުނެފައިވެއެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކިނޮޅަހު ކައުންސިލްގެ އިދާރާގައި ނަންނޯޓު ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ކޯހުގައި ބައިވެރިވުމަށް އެޑްމިޝަން ފޯމް ސަބްމިޓުކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ކިނޮޅަހު ކައުންސިލުން އެހީތެރިވެދޭނެއެވެ.   މި ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ ކިނޮޅަހު ކައުންސިލްގެ ރައީސް ( ފޯން ނަމްބަރު: 7937929 ) އަށް ގުޅުއްވުމަށް އެ ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...