އުއްމީދުގެ 'ޖޫނިއަރސް ފުޓްސަލް ފިއެސްޓާ' ނޮވެމްބަރު މަހު ބާއްވަނީ
އުއްމީދު ޖަމުޢިއްޔާއިން މީދޫގެ 16 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ފުޓުސަލް މުބާރާތެއް ބޭއްވުމަށް ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.   އުއްމީދުން ބާއްވާ މި ފުޓުސަލް މުބާރަތަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން މީދޫގައި ޖަމުޢިއްޔާއަކުން ބާއްވާ ފުރަތަމަ ފުޓުސަލް މުބާރާތްކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގައި ކުޅެވޭނީ މީދޫއަށް ނިސްބަތްވާ ކުދިންގެ އިތުރުން 2019 ވަނަ އަހަރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާސިލް ކުރި ރަށުން ބޭރު ކުދިންނަށެވެ.   މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް 17 އަހަރުގެ 2 ކުޅުންތެރިން ހިމެނޭނެކަމަށް މުބާރާތުގެ ޤަވާއިދުގައި ބުނެފައިވެއެވެ. މީގެ އިތުރުން ޓީމުތަކުގެ މެނޭޖަރުން ފިޔަވާ އޮފިޝަލުންގެ ގޮތުގައިވެސް ހިމެނޭނީ 20 އަހަރުން ދަށުގެ ކުދިންކަމަށް މުބާރާތުގެ ޤަވާއިދުގައިވެއެވެ.   މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 18:00 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ފޯމު ހުށައަޅަންޖެހޭނީ އައިޓީ ސޮލިއުޝަންސް ފިހާރައަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...