އެމް.ޑީ.އެންގެ ރިޕޯޓް އެމް.ޑީ.ޕީ އަނގޮޅިތީމު ގޮފިން ކުށްވެރިކޮށްފި
މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކްގެ ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓް، މޯލްޑިވްސް ޑޮމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ އަނގޮޅިތީމު ގޮފިން ކުށްވެރިކޮށްފިއެވެ.   އެގޮފީގެ ރައީސް އަދި ނައިބު ރައީސް ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމް.ޑީ.އެންގެ އެޖަމުޢިއްޔާއިންކޮށްފައިވާ ފަސާދައިގެ ޢަމަލެއްކަމަށާއި އެކަން އެ ގޮފީގެ މެންބަރުން ކުށްވެރިކުރާކަމަށެވެ. މީގެ އިތުރުން އެ ޖަމުޢިއްޔާއިންކޮށްފައިވާ ކަމަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއިވެސް ޚިލާފްކަމެއް ކަމުން އެ ޖަމުޢިއްޔާގެ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާ އެ ޖަމާޢަތް އުވާލުމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.   މީގެ އިތުރުން ބަޔާން ނިންމާލަމުން މި މައްސަލަ ބަލާ އަޅަން ޖެހޭ ހަރުކަށި ފިޔަވަޅުތައް ފަސްޖެހުމެއް ނެތި އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...