މިއަދު ކުރިއަށް ދިޔަ ޕީ.ޕީ.އެމް/ޕީ.އެން.ސީ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ބޮޑު ތަފާތަކުން އަޙްމަދު ޒާހިރު އިންތިހާބު ކާމިޔާބުކޮށްފިއެވެ.

Ad

މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަކުރިއިރު އަޙްމަދު ޒާހިރުއަށް ވަނީ ޖުމްލަ 500 ވޯޓު ލިބިފައެވެ. އަޙްމަދު ޒާހިރުއާއި އެންމެ ގާތުން ވާދަކުރި އަބްދުﷲ ޖާމިޢުއަށް ލިބިފައިވަނީ 153 ވޯޓެވެ. ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު އިސްމާޢިލް ޞާލިހުއަށް 132 ވޯޓު ލިބިފައިވާއިރު އަންވަރު އިބްރާހިމްއަށް ވަނީ 131 ވޯޓު ލިބިފައެވެ. މީގެ އިތުރުން އިސްޙާޤު އަޙްމަދުއަށް 60 ވޯޓު އަދި ޠާހާ ހުސައިންއަށް 34 ވޯޓު ލިބިފައިވެއެވެ.

މިއީ މިހާތަނަށް މަޖިލިސް ޓިކެޓަށް މަޑުއްވަރީ ދާއިރާގައި ބޭއްވި އެންމެ ވާދަވެރި އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވި އިންތިހާބުކަން ފާހަގަކޮށްލެވެއެވެ.