"ރައީސް ސޯލިޙް އަކީ އެމަނިކުފާނުގެ ނަމުގައިވާ ފަދައިން ޞާލިހް ބޭފުޅެއްކަން އެނގިއްޖެ"
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްއަކީ އެމަނިކުފާނުގެ ނަންފުޅުގައިވާފަދައިން ޞާލިހް ބޭފުޅެއްކަން އެނގިގެން ހިނގައްޖެކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.   ޑރ. އިޔާޒް މިހެން ވިދާޅުވީ، މިއަދު ޢިލްމުވެރިންނާއިއެކު ރައީސް ސޯލިހް ކުރިއަށްގެންދިޔަ ބައްދަލުވުމުން އެއްވެސް ކަހަލަ ހިތްހަމަޖެހޭ ޙަބަރެއް ލިބުންތޯ ޑރ. އިޔާޒް ޓެގްކޮށް މީހަކު ޓުވިޓާގައި އެހުމުންނެވެ.   މިއަދު ހަވީރުގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމަށްފަހު ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިޙް ޢިލްމުވެރިންނާއި ބައްދަލުކުރައްވާ ޢިލްމުވެރިންގެ އިޙްސާސްތައް އަޑުއެއްސެވީތީ ޝުކުރުއަދާކުރާކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުނު ކަންތަކަށް އަވަސް ފުރުސަތެއްގައި ޢަމަލީ ސިފަ އައިސްގެންދާނެކަމަށް ޔަޤީން ކުރައްވާކަމަށެވެ.   ރައީސް ސޯލިޙް މިއަދު ޢިލްމުވެރިންނާއި ބައްދަލުކުރައްވާފައިމިވަނީ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން މާތް ނަބިއްޔާއަށާއި އިސްލާމްދީނަށް ބަދުބަސް ރައްދުވާގޮތަށް ނެރުނު ރިޕޯޓެއްގެ ސަބަބުން އެމީހުންނަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

2019-10-09 02:10:04
ކޫލް
ތިިބުނާ ނެޓް ވޯކް ދައުލަތުގެ ވަރަށް އަޑީގައި އެޅިފައި މިވަނީ ނަޝީދު ބުނުއްވާ އަންދިރި ދައުލަތަކީ ތިޔަ ނެޓްވޯކް ނުންތޯ ؟
އެންމެ މަގުބޫލު: 7 ދުވަސް

...