މީދޫ ކައުންސިލްގެ ފުޓުސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މީދޫ ކައުންސިލުން ރަށުގެ ޒުވާނުންގެ މެދުގައި ބާއްވަމުން އަންނަ ފުޓުސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.   މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހުކަމަށް ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކައުންސިލް އިދާރާފެ ކައުންޓަރުން ލިބެން ހުންނާނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ އަތުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/500 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.   މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 22ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލަށް ފޯމު ހުށައެޅުމަށް އެދިލައްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...