ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލަ މަޖިލީހަށް ވައްދަނީ
ދިވެއްހިރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.   މެމްބަރު އާދަމް ޝަރީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ދީނަށް ފުރައްސާރަކުރަނީ ދުރާލާ ރާވައިގެންކަމަށާއި އެއީ ބޭރުގެ ނުފޫޒާއެކު ހިނގާކަމެއްކަމަށެވެ. މީގެ އިތުރުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ޤާނޫނު ނަމްބަރު 94/6 އިން މަނާކަމެއްކަމަށްވެސް މެމްބަރު ވިދާޅުވެފައިވެއެވެ.   އެމް.ޑީ.އެން ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން ނެރުނު ރިޕޯޓެއްގައި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަދި އިސްލާމްދީނަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާތީ ގިނަ ބަޔަކު އަންނަނީ އެ ޖަމުޢިއްޔާއާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...