"އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކުރުމަކީ ހައްދުފަހަނާ އަޅާ ދިޔުމެއް"
އިސްލާމްދީނާއި މާތް ނަބިއްޔާ މުޙައްމަދު ޞަލައްﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރުމަކީ ހައްދުފަހަނާއަޅާ ދިޔުމެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޙް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.   ޝައިޚް އަލީ ޒާހިރު މިހެން ވިދާޅުވެފައިވަނީ އެމް.ޑީ.އެން ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން ނެރުނު ރިޕޯޓެއްގައި މާތް ނަބިއްޔާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ބަދު ބަސް ރައްދުކޮށްފައިވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެއެވެ.   ޝައިޚް އަލީ ޒާހިރުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މާތް ނަބިއްޔާއާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ބޮޑު ވެގެންވާ ކުށެއް، އަނިޔާއެއް އަދި ޖަރީމާއެއްކަމަށެވެ. މީގެ އިތުރުން އެކަން ކުރި މީހުންނަށް ހައްޤު އަދަބު ދެއްވުމަށް ދަޢުލަތުގެ 3 ބާރަށް އިލްތިމާސްކުރައްވާކަމަށްވެސް ޝައިޚް ވިދާޅުވެފައިވެއެވެ.   އެމް.ޑީ.އެންގެ ރިޕޯޓުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެ ޖަމުޢިއްޔާއާއިމެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެހެންނަމަވެސް އަދި މިހާތަނަށް ރަސްމީކޮށް ސަރުކާރުން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...