އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަންޖެހޭ – މެމްބަރު އާދަމް ޝަރީފް
ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހަޖޫޖަހާ އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ބަލައިގެނެވޭނެކަމެއް ނޫންކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.   މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކްގެ ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން ރަސޫލާ ޞައްލަﷲ ޢަލައިގި ވަސައްލަމައަށް ބަދުބަސް ރައްދުވާގޮތަށް ރިޕޯޓެއް ނެރުމުގެ ސަބަބުން މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގައި އެފަދަ ކަންތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.   މީގެ އިތުރުން މިހާރު ހިނގަމުން މިދާ ކަންތައްތަކީ ޤައުމީ ސަލާމަތަށްވެސް ނުރައްކާވެދާނެކަމެއްކަމަށްވެސް މެމްބަރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.   އެމް.ޑީ.އެންގެ ރިޕޯޓުގައި ހިމެނި ބައެއް ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ޖަމުޢިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި ގިނަ ދީނީ އިލްމުވެރިންތަކަކާއި ސިޔާސީ ފަރާތްތަށްވެސް ހިމެނެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...