ލިޓަސް ގެ 'ސައިކަލު ރަށަށް' ޕްރޮމޯޝަން މިއަދު ލޯންޗުކޮށްފި
ސައިކަލުގެ ވިޔަފާރީގައި ރާއްޖޭގެ 1 ވަނަ ކުންފުނި، ލިޓަސް އޮޓޯމޮބައިލްސްގެ 'ސައިކަލު ރަށަށް' ޕްރޮމޯޝަން މިއަދު ލޯންޗުކޮށްފިއެވެ.   ރ. މީދޫގައި މިއަދު ހަވީރު ކުރިއަށްދިޔަ ޚާއްސަ އިވެންޓުގައި މި ޕްރޮމޯޝަން ލޯންޗުކޮށްދެއްވީ ލިޓަސްގެ އެންމެ ފުރަތަމަ ކަސްޓަމަރ އިބްރާހީމް ފާއިޒެވެ. 
ލިޓަސްގެ 'ސައިކަލު ރަށަށް' ޕްރޮމޯޝަން ލޯންޗުކުރުމަށް މިއަދު ރ. މީދޫގައި ބޭއްވި އިވެންޓުގެ ތެރެއިން | ފޮޓޯ: މީދޫ ޓައިމްސް
ލިޓަސްގެ މި ޕްރޮމޯޝަނުގައި އެ ކުންފުނިން ވިއްކާ އެކި ވައްތަރުގެ ސައިކަލު ތަކާއެކު ރަށްރަށަށްގޮސް، އެރަށަކުން ކަސްޓަމަރު ބޭނުންވާ ސައިކަލެއް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށް ލިޓަސް އޮޓޯމޮބައިލްސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރު މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވިއެވެ.    މި ޕްރޮމޯޝަން މާދަމާވެސް މީދޫގައި ކުރިއަށްދާނެކަމަށާއި އެއަށްފަހު ރ. މަޑުއްވަރި، ދުވާފަރު އަދި އަލިފުށްޓަށްވެސް ސައިކަލުތައް ހިފައިގެން ދިޔުމަށް ހަމަޖެހިފައިވާކަމަށް އަހުމަދު ޒާހިރު ވިދާޅުވިއެވެ. 
ލިޓަސްގެ 'ސައިކަލު ރަށަށް' ޕްރޮމޯޝަން ލޯންޗުކުރުމަށް މިއަދު ރ. މީދޫގައި ބޭއްވި އިވެންޓުގެ ތެރެއިން | ފޮޓޯ: މީދޫ ޓައިމްސް
އިވެންޓު ލޯންޗުކުރުމަށް މިއަދު ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުން ލިޓަސް އޮޓޯމޮބައިލްސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރު ވިދާޅުވީ 2014 ވަނަ އަހަރު އުފެދުނު ލިޓަސް އޮޓޯމޮބައިލްސްގެ 9 ޝޯވ ރޫމެއް 8 އަތޮޅެއްގައި މިހާރު ހުޅުވިފައިވާކަމަށެވެ. އަދި 2016 ވަނަ އަހަރު ތައާރަފުކުރެވުނު 'ލިޓަސް އިޖާރާ' އަކީ އިސްލާމީ އުސޫލުތަކާ ހުދޫދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަސްޓަމަރުންނަށް ސައިކަލު ފޯރުކޮށްދިނުމަށް ތައާރަފުކުރެވުނު ޕްރޮޑަކްޓެއްކަމަށްވެސް އަހުމަދު ޒާހިރު ފާހަގަކުރެއްވިއެވެ. 
އަހުމަދު ޒާހިރުގެ ވާހަކަައިގައި އިތުރަށް ފާހަގަކުރެއްވިގޮތުގައި ލިޓަސްއަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މި ވިޔަފާރިކުރަމުން އަންނަ ކުންފުނިކަން ފާހަގަކުރައްވައި، ކަސްޓަމަރުން ބޭނުންވާނެ އެންމެ ގިނަ ވައްތަރުގެ ސައިކަލުވެސް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ ލިޓަސް އިންކަންވެސް  ފާހަގަކުރެއްވިއެވެ.     
ލިޓަސްގެ 'ސައިކަލު ރަށަށް' ޕްރޮމޯޝަން ލޯންޗުކުރުމަށް މިއަދު ރ. މީދޫގައި ބޭއްވި އިވެންޓުގެ ތެރެއިން | ފޮޓޯ: މީދޫ ޓައިމްސް
މީގެއިތުރުން ލިޓަސްއިން ސައިކަލު ބައްލަވައިގަންނަވާ ފަރާތްތަކަށް އެންމެ ފަސޭހަ އެއް ހިދުމަތަކީ ސައިކަލަށް ފައިސާދެއްކުމުގެ ލުއިފަސޭހަކަންކަމަށްވެސް އަހުމަދު ޒާހިރު ވިދާޅުވިއެވެ. އެގޮތުން ރަށުގައި ހުންނަވައިގެންވެސް އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ސައިކަލަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާކަންވެސް ލިޓަސް އޮޓޯމޮބައިލްސްގެ ޖެނެރަލް މެނޭޖަރ ވިދާޅުވިއެވެ.   މި ޕްރޮމޯޝަން މާދަމާވެސް ހަވީރު 4:00 އިން ރޭގަނޑު 10:30އަށް މީދޫގައި ކުރިއަށްދާނެއެވެ. 
ލިޓަސްގެ 'ސައިކަލު ރަށަށް' ޕްރޮމޯޝަން ލޯންޗުކުރުމަށް މިއަދު ރ. މީދޫގައި ބޭއްވި އިވެންޓުގެ ތެރެއިން | ފޮޓޯ: މީދޫ ޓައިމްސް

ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...