އެމްޑީއެން އާއިމެދު ފިޔަވަޅު އެޅުމަށް ދުވާފަރު ދާއިރާގެ މެމްބަރު ގޮވާލައްވައިފި
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ބުނެ ރިޕޯޓެއް ނެރުމުގެ ސަބަބުން ހޫނު ފެނަށް ވެއްޓިފައިވާ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް ، އެމް.ޑީ.އެން އާއިމެދު ފިޔަވަޅު އެޅުމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަޙްމަދު ގޮވާލައްވައިފިއެވެ.   މެމްބަރު އިސްމާޢިލް އަޙްމަދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ރާއްޖެ އަމާންކަމށާއި ސުލްހަ މަސަލަސްކަންމަތީ އޮތުމުގެ އެންމެ ބޮޑު ސިއްރަކީ މާތްވި އިސްލާމްދީންކަމަށާއި އިސްލާމްދީނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މަލާމަތްކޮށް ފުރައްސާރަކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.   މެމްބަރު އިސްމާޢިލް އަޙްމަދުގެ ޕޯސްޓް ނިންމަވާލައްވަމުންވަނީ "ބޭންއެމްޑީއެން" ޙޭޝްޓެގް ބޭނުންކުރައްވާފައިވެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އާއްމުންނާއި ދީނީ ޢިލްމުވެރިންވެސް އަންނަނީ އެމް.ޑީ.އެންއާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...