ދަޢުވަތު ލިބުނީ މީޓިންގއަކަށް، އެކަމަކު ވަކި ހިސާބަކުން ލިބުނީ ބޮޑު ސަރޕްރައިޒެއް!
މިއަދު ރާއްޖޭގެ އެކި ސްކޫލްތަކުގައި ތަފާތު އެކި ހަރަކާތްތަކާއެކު މުދައްރިސުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންނަށްވެސް މިއަދުވެފައިވަނީ ފާހަގަކޮށްލެވޭ ދުވަހަކަށްށެވެ.   ބައެއް ދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް މުދައްރިސުންނަށް އެންގީ ސެޝަން މީޓިންގއެއް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ.އާރު.ސީ ގައި އޮންނާނެކަމަށެވެ. އެހެންނަމަވެސް މި މީޓިންގ ފެށިމފަހުން މުދަރިސުންނަށް ލިބިގެންދިޔަ ބޮޑު ސިހުމެކެވެ. މީޓިންގ ބަދަލުވެގެންދިޔައީ ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން މުދައްރިސުންގެ އަގުވަޒަންކުރުމަކަށެވެ.   ރ. މީދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން މުދައްރިސުންގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި 'މަލާފަތް' ވެގެންދިޔައީ މުދައްރިސުންނަށްވެސް ލިބުނު ބޮޑު ސަރޕްރައިޒަކަށެވެ. 'މަލާފަތް' ހިފައިގެން ސިއްޙީ މަރުކަޒުގެ ހުރިހާ މުވައްޒަފުންހެން ސްކޫލަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. 
ސިއްޙީ މަރުކަޒުގެ މުވައްޒަފުން ހަދިޔާކުރި 'މަލާފަތް' | ފޮޓޯ: ރ. އަތޮޅު ތަޢުލީމީ މަރުކަޒު
މިކަން ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤުސަދަކީ ޓީޒަރުން ކުރާ ބުރަ މަސައްކަތު އަގު މުޖުތަމަޢުގެ އެންމެންވެސް ވަޒަން ކުރަން ޖެހޭނެކަން ޤަބޫލުކޮށް ސިއްޙީ މަރުކަޒުގެ މުވައްޒަފުންވެސް އެކަމުގައި ބައިވެރިވުންކަމަށް ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.
ސިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުން | ފޮޓޯ: ރ. އަތޮޅު ތަޢުލީމީ މަރުކަޒު
މީގެ ކުރިން ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން މުވައްޒަފުންވެސް ސިއްޙީ މަރުކަޒަށް ޒިޔާރަތްކޮށް ނަރުހުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަރަކާތެއް ކުރިއަށްގެންދިޔަކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

2019-10-04 08:32:00
Haleem
varah ves ufaa manzaru kolheh thi fenigen dhiya ee teachers day faa hagakoh ekamuge agu vazan koh ebai meehun nah thau reefu kuru maker qaumee vaaji beh
އެންމެ މަގުބޫލު: 7 ދުވަސް

...